ads
އަލްހާން އަދި ޖާބިރު
ޖާބިރު އިންނަވާ ކާށިދޫ ގޮނޑިއަށް އަލްހާން ކުރިމަތިލައްވަނީ
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަން ނިންމަވައިފި ކަމަށް ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އިއުލާން ކުރައްވައިފި އެވެ.
Advertisement

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވިކަން އަލްހާން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގަ އެވެ. 

އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، އަލްހާން އެކަން މިއަދު އިއުލާނުކުރެއްވިއިރު، އަލްހާނުގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ. 

އަލްހާނުގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވެ އެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގަ އެވެ. 

މިއިން މައްސަލައެއް ސާބިތުވެ، އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ ހުކުމެއް އަތުވެއްޖެ ނަމަ އަލްހާނަކަށް މަޖިލިހުގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް