ads
ބައްސާމް އަދީލް ޖަލީލް
އެންމެފަހުން ބައްސާމްއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރަނީ
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ދައުވާ ކުރަން މި ހަފްތާގައި ކޯޓަށް ފޮނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
Advertisement

އެފްއޭއެމްގައި ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ފުލުހުންވަނީ އެފްއޭއެމްގެ އިދާރާ ރެއިޑްކޮށްފައެވެ.

އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި އޭނާގެ މައްޗަށް މި ހަފްތާގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.

ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްއޭއެމްގެ ރައީސް ބައްސާމް، ދެން އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫތަކާ ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމަށް ބޭނުންކުރަނީއޭ."

ޕީޖީ  ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ އެކިގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ފެންނަ ކަމަށެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި ގޮސް ފައިސާ ހަރަދުކޮށްފައި ހުންނަނީ ކޭޝް ކާޑުން ކަމަށްވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށެވެ.

ޕީޖީ މިހެން ވިދާޅުވިޔަސް، ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް