ads
ބީއެމްއެލުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ލޯންޗްކޮށްފައި - ފޮޓޯ:ބީއެމްއެލް
އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު ބޮޑު އިނާމެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ލޯންޗްކޮށްފި އެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކުރެވުނު ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ދެ ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލްއެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލުން ބުނެފައި ވަނީ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށް އެ ބޭންކުން ބުނެ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް: 

www.bankofmaldives.com.mv/personal/cards/pay-with-amex-and-win

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް