ފޮރިން މިނިސްޓްރީގެ ނައިބުކަން ދީފައިވަނީ، ހ. ޖާވާ، އިބްރާހީމް ޝާޒް ހަބީބު އަށެވެ.
އިބްރާހީމް ޝާޒް ހަބީބު، ބޭންކް އޮފް މޯލްޑިވްސްއިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާގެ ހުވައި ކުރެއްވުމުގެ ހަފްތާއެއް ކުރިންނެވެ.
ސިވިލް ކޯޓުން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމުން އެނގޭ ގޮތުގައި އިބްރާހީމް ޝާޒް ހަބީބު ނެގި، 570،000 ރުފިޔާގެ ލޯނުގެ އިންޓަރެސްޓާއެކު، ހުކުމް ކުރި ދުވަހާ ހަމައަށް، 727،230 ރުފިޔާ ނުދައްކާ އެބައޮތެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އިބްރާހީމް ޝާޒް ހަބީބުގެ މައްޗަށް ހުކުމްކޮށްފައިވަނީ އެ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.