ޗެމްޕިއަންސް ލީގުގެ 10،000 ވަނަ ލަނޑަކީ، ރޭ ޕީއެސްވީ އައިންޑްހޯވެން އަތުން 3-2 އިން ސެވިއްޔާ ބަލިވި މެޗުގައި ރާމޯސް ޖެހި ލަނޑެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 16 ވަނަ ލަނޑެވެ.
ޗެމްޕިއަންސް ލީގުގެ 10،000 ވަނަ ލަނޑު ރާމޯސް ޖެހިއިރު، ޗެމްޕިއަންސް ލީގުގެ އެންމެ ފުރަތަމަ ލަނޑަކީ އެވަޓަންގެ ކުރީގެ ފޯވާޑް ޑެނިއަލް އަމޮކާޗީ 1992 ވަނަ އަހަރު ކްލަބް ބްރޫޖް އަށް ކާމިޔާބުކޮށްދިން ލަނޑެވެ. ކުރީގެ ފޯވާޑް ޑޭނިއަލް އަމޮކާޗީ އަކީ އޭނާގެ އުފަން ގައުމު ކަމަށްވާ ނައިޖީރިއާގެ ފުޓްބޯޅަ ކޯޗެވެ.
ޗެމްޕިއަންސް ލީގުގައި ރާމޯސްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 2005 ވަނަ އަހަރު އެވެ.