ads
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ:އައިއޭސީ
ފަލަސްތީނަށް އެހީވާން އާބަންކޯއިން މިއަދު ހަވީރު އިވެންޓެއް ބާއްވަނީ
އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް އިވެންޓެއް މިއަދު ރުއްގަނޑު ދޭއް ގައި ބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.

އާބަންކޯއިން ބުނީ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކަމަށާއި ދެވަނަ ދަންފަޅި އޮންނާނީ ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް ކަމަށް އާބަންކޯއިން ބުނެ އެވެ.

އާބަންކޯއިން ބުނެފައި ވަނީ މި އިވެންޓުގައި ފަންޑްރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާ މެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދޭނެ ކަމަށެވެ. އަދި މަގުރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުއާއެއް ކުރެވޭނެ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި އިވެންޓް ނިންމާލަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އަށް ޗެކް ހަވާލުކުރެވިގެންދާނެ ކަމުގަ އެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ ބޭފުޅުން މި އިވެންޓުގައި ބައިވެރިވުމަކީ އެ ކޯޕަރޭޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އާބަންކޯއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް