ޑރ. ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީން މަސައްކަތް ކުރާ ގައުމަކަށް ވުމާ އަދި މާލެ ސިޓީ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ބޭރުގެ މުސްލިމް މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ.
އެމަނިކުފާނު އެކަން ފާހަގަކުރެއްވެވީ މަސައްކަތްތެރިންގެ ސުލޫކާއި އަހުލާގު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ހުތުބާގެ ދައުރު މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވެފައި ވަނީ މި ޕޯސްޓް ކުރުމުގެ މަގުސަދަކީ މިކަމާ މެދު އާންމުންގެ ހިޔާލު ހޯދުން ކަމަށެވެ.