ads
ފޭދޫ މެންބަރު ނިހާދު
ރައީސްގެ ތުރުކީ ދަތުރާއި ދުބާއީ ދަތުރު މައުލޫމާތު ހޯދަން ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ މައުލޫމާތެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅުއްވައިފި އެވެ.

ރައީސް މުއިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރަކީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ދުބާއީ ދަތުރުފުޅަކީ ކޮޕް-28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. 

މި ދެ ދަތުރުފުޅުގެ ހުރިހާ މައުލޫމާތެއް ހޯއްދެވުމަށް ނިހާދު ހުށަހެޅުއްވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނުނުގެ ދަށުން ކަމަށް ސޯޝަލް މީޑިއާގައި ނިހާދު މިއަދު ވިދާޅުވި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު އާންމު އުސޫލުން 21 ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. 

އާ ސަރުކާރުގެ ފުރަތަމަ ދަތުރުތަކުގެ މައުލޫމާތު ހޯއްދެވުމަށް އިދިކޮޅު އެމްޕީއަކު ހުށަހެޅުއްވިއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މައުލޫމާތު ހޯދުމަށް އެކި ފަރާތްތަކުން އާރުޓީއައި ގާނޫނުގެ ދަށުން ހުށަހެޅި އެތައް މައްސަލައެއް ކޯޓު މަރުހަލާ އާ ހަމައަށް ގޮސްފައިވެ އެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް