ads
ދިރާގު ހެޑް އޮފީސް - ޓްވިޓަރ
ދިރާގު ޕޭގެ ހިދުމަތް ބޭނުން ކުރުމަށް އެދެފި
ނަގުދު ފައިސާ އާއި ކޭޝް ކާޑު ބޭނުން ކުރުމުގެ ބަދަލުގައި "ދިރާގު ޕޭ" ހިދުމަތް ބޭނުން ކުރުމަށް އެ ކުންފުނިން އެދެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާއްމުން ބޭކާރު ގޮތުގައި ބޭރު ތެރެއަށް ނިކުމެ ނޫޅުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ދިރާގުން ބުނީ ބޭރަށް ދިޔުން މަދު ކުރުމަށް ބިލްތައް ދެއްކުމަށާއި، އޯޑަރު ކުރާ ކާތަކެއްޗާއި އެހެނިހެން ސާމާނަށް ފައިސާ ދެއްކުމަށް ދިރާގު ޕޭ ބޭނުން ކުރެވޭނެ ކަމަށެވެ. 

ރައްކާތެރިކަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ އެ ހިދުމަތް ބޭނުން ކުރުމަށް ދިރާގު ކަސްޓަމަރަކަށް ވާކަން ނުޖެހެ އެވެ. 

އެ ހިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ހިދުމަތެކެވެ. އެ ހިދުމަތް ވިޔަފާރިތަކުން ބޭނުންކުރުން އިތުރު ކުރުމަށް ދިރާގުން ބާރު އަޅަ އެވެ. 

އެގޮތުން އެ ހިދުމަތަށް ނަގާ މާޗެންޓް ޓްރާންސެކްޝަން ފީ ތިން މަހަށް ނުނަގާ ގޮތަށް ހަމަޖައްސާފައި ވާއިރު، އަލަށް އެ ހިދުމަތް ހޯދާ ވިޔަފާރިތަކުން ވެސް އެ ފީ ތިން މަހަށް ނުނަގާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް