ads
އީވާ އަދި ނަޝީދު
އިވާ އިސްތިއުފާ ދެއްވަައިފި
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
Advertisement

އީވާ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އީވާއާށް ޖަވާބުދާރީވާން ދިން 30 މިނިޓްގެ ފުރުސަތުގައި ވާހަކަ ދެއްކެވުމަށް ފަހުއެވެ. 

އީވާ ވާހަކަ ނިންމަވާލައްވަމުން، އެ ކަމަނާގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް އެހެން މެންބަރަކު މެދުވެރިކޮށް އެރުވިއެވެ. 

"ހަގީގަތަކީ މަނިކުފާނު، ނާގާބިލު ކިބުވެރި ސަރުކާރަކާ ދިމާލަށް އަޅުގަނޑު، ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނީ. ހަގީގަތަކީ އެ ސަރުކާރުން މާބޮޑަށް އަޅުގަނޑާ ނުރުހުނީ. އަދި އަޅުގަނޑު ވެސް އެ ސަރުކާރާ މާބޮޑަށް ނުރުހުނީ. އެހެންވީމާ ސަރުކާރާ، އިއްޔެގެ ސަރުކާރާ، އެމްޑީޕީގެ ސަރުކާރާ އަޅުގަނޑު ނުރުހިގެން އަޅުގަނޑު ބަސް ބުނެގެން ހަގީގަތުގައި އަޅުގަނޑަށް ދޭ އަދަބުމީ،" އިސްތިއުފާ ދެއްވުމުގެ ކުރިން އީވާ ވިދާޅުވިއެވެ.  

އީވާ މިއަދު އިސްތިއުފާ ދެއްވިއިރު، އީވާ މަގާމުން ވަކިކުރަން ނޮވެންބަރު މަހު 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 50 މެންބަރުންގެ ސޮޔާ އެކު އެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ވަނީ ނެރެފަ އެވެ. އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވާފައި ވަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ 49 މެމްބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލިހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް އަޑުއުފުލި ފަހުންނެވެ. އެމްޑީޕީން ދެކޭ ގޮތުގައި މައްސަލަ ކުރިއަށް ނުގެންގޮސް އީވާ ލަސްކުރުވީ ގަސްތުގަ އެވެ. ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ އެ ދުވަހު ވަޑައިގެންނެވުމުން އެމްޑީޕީގެ މެންބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފަ އެވެ.

އެމްޑީޕީން މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް ނަޝީދު ވަކިކުރަންވެސް ގަރާރެއް ހުށަހަޅާފަ އެވެ. މި މައްސަލަ ކުރިއަށް ނުގެންގޮސް ލަސްތަކެއް ވެގެން ދިޔައީ އީވާގެ ސަބަބުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެ މައްސަލަ ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް