ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސެއް ނެގުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ ކަމަނާގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް އެމްޑީޕީން ހުށަހެޅި މައްސަލަ، މިއަދަށް އެޖެންޑާ ކުރެވި މައްސަލައިގެ ބަހުސްގައި އީވާއަށް ޖަވާބުދާރީވާން އެރުވި ފުރުސަތުގައި ވާހަކަ ދެއްކެވުމަށް ފަހުއެވެ.
އީވާ އިސްތިއުފާ ދެއްވުމުން، މަޖިލީހަށް އާ ނައިބު ރައީސްއެއް އިންތިހާބު ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ ކަމަށް މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.