ads
އދ. ކުނބުރުދޫ--
ފަލަސްތީނަށް އެހީ ހޯދުމުގެ ހަރަކާތެއް އދ. ކުނބުރުދޫގައި ފަށަނީ
ފަލަސްތީނަށް އެހީވުމުގެ ގޮތުން އދ. ކުނބުރުދޫގައި ފަންޑު ހޯދުމުގެ ހަރަކާތެއް މިއަދު ފަށާ ގޮތަށް ނިންމައިފައި އެވެ.
Advertisement

މި ހަރަކާތަކީ ކުނބުރުދޫ ފެހިވިނަ ސްޕޯޓްސް ކްލަބުން އިސްނަގައިގެން، އެ ރަށުގެ ހުރިހާ މުއައްސަސާތަކާއި ޖަމިއްޔާތަކާ ގުޅިގެން ހިންގާ ފަންޑު ހޯދުމުގެ ހަރަކާތެކެވެ.

ފަލަސްތީނު ފަންޑަށް އެހީ ހޯދުމަށް ބާއްވާ މި ހަރަކާތުގެ ތެރެއިން ރަށުގެ ދެ ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ އެއް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ވަނީ ރާވާފަ އެވެ. އެގޮތުން އެރަށު ބަނދަރު ހަޓާއި އުތުރު ފަރާތު ހިއްކި ސަރަހައްދުގައި ފަންޑު ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ މިއަދާއި މާދަމާގެ އިތުރުން މި މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށް އެ ކްލަބުން ބުނެފައިވެ އެވެ. އަދި އެ ކްލަބުން ބުނި ގޮތުގައި މި ތިން ދުވަހުގައި ވެސް ހަވީރު 16:00 އިން ފެށިގެން އިރު އޮއްސި 18:00 އާ ހަމަޔަށް ފަންޑު ފޮއްޓަށް ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމުގަ އެވެ.

ފެހިވިނަ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން މި ހަރަކާތް ހިންގުމުގައި ބައިވެރިވަނީ ކުނބުރުދޫ ކައުންސިލް، ސްޓެލްކޯ އިންޖީނުގެ، ކުނބުރުދޫ ސިއްހީ މަރުކަޒު، ކުނބުރުދޫ ސްޕޯޓްސް ކްލަބް، ރެޑް ސްޓާ ސްޕޯޓްސް ކްލަބް އަދި ކުނބުރުދޫ ސްކޫލެވެ.

ފޮށްޓަށް ފައިސާ ލުމުގެ އިތުރުން އޮންލައިންކޮށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް މި ހަރަކާތުގައި ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ފައިސާ ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކަށް މި ތިން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ފެހިވިނަ ސްޕޯޓްސް ކްލަބުން މައުލޫމާތު ދެއެވެ.

ފައިސާ ފޮނުވާނެ އެކައުންޓް: 7770000002485 (މުހައްމަދު އަޒްމީ)

މި ހަރަކާތުން ލިބޭ ފައިސާ ހަވާލު ކުރާނީ ދިވެހީންގެ ފަރާތުން ފަލަސްތީނަށް އެހީ ފޯރު ކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށް ވާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)އަށެވެ.

އަނިޔާވެރި ޔަހޫދީ އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކަށް ދަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް