ads
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައީބު ރައީސްކަމަށް ހޯރަފުށި ދާއިރާ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްގެ ގޮނޑިއަށް މެމްބަރަކު އައްޔަން ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ޖުމްލަ 73 މެމްބަރުން ބައިވެރިވެވަޑައިގަތެވެ. ނައިބު ރައީސް ކަން ސަލީމް ކާމިޔާބު ކުރެއްވީ 51 މެމްބަރުންގެ ވޯޓުން ނެވެ. 

ދެން އެ މަގާމަށް ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ. ޖާބިރުގެ ނަން ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން އެވެ. 

ޝިޔާން ޖާބިރުގެ ނަން ހުށަހަޅުއްވާފައިވަނީ، ސަލީމް ހޮވުުމަށް އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުން ތުރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. ސަލީމަކީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރުމަށް ނަން ހުށަހަޅަން މިއަދު ބޭއްވި ޕީޖީ ގުރޫޕް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި ފާސްކޮށްފައިވާ ނަމެވެ. ޕީޖީ ގުރޫޕުގައި މިއަދު ހަވީރު ނެގި ސިއްރު ވޯޓުން ސަލީމްގެ ނަން ނައިބު ރައީސް ކަމަށް ހުށަހަޅަން ފާސްވީ ޖާބިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާ ވާދަކޮށެވެ. 

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ ނައިބު ރައީސަކަށް ހުންނެވި އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނަގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދަނިކޮށް، ޖަވާބުދާރީވާން ދިން ފުރުސަތުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް