"އެނިމަލް" ސިނަމާތަކުގައި މިހާރު އަޅުވާފައިވާއިރު އެ ފިލްމަށް ބޮޑު ތަރީހެއް އަންނަނީ ލިބެމުންނެވެ. ފިލްމުގައި ބޮބީ ކުޅެނީ ރަންބީރުގެ ބައްޕަގެ ރޯލެވެ.
ގިނަ ދުވަސްތަކަކަށްފަހު ބޮބީ ޑިއޯލް ސްކްރީނުން ފެނުނުއިރު، އޭނާ އަަށް އޮތް ބޮޑު ތާއީދު ފެނި އޭނާ ރޯ މަންޒަރު ވަނީ ސޯޝަލްމީޑިއާގައި މިހާރު ވައިރަލްވެފައެވެ.
މިގޮތުން އޭނާ ސިނަމާއަކުން ނުކުމެގެން ދާއިރު، އޭނާގެ ކާރު ވަށާލައިގެން ސަޕޯޓަރުން ހަރަކާތްތެރިވާއިރު، ބޮބީއަށް ރޮވޭމަންޒަރު ފެނެއެވެ.
އެނިމަލް އެޅުވިތާ 2 ދުވަހުގެ ތެރޭގައި ވަނީ 230 ކަރޯޑު ރުޕީޒް ހޯދާފައެވެ.