ads
ނިއުއާ ވިކްޓްރީ ކުރިން ކުޅުނު މެޗެއްގެ ތެރެއިން- މި ދެ ޓީމުވެސް ކުޅެނީ ދެވަނަ ޑިވިޝަނުގައި
15 ޓީމާއެކު ދެވަނަ ޑިވިޝަން އަންނަ ހަފްތާގައި ފަށަނީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، 15 ޓީމާއެކު ފަށަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ ހަފްތާގައި ފަށާއިރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގުރުއަތުލައި މެޗު ތާވަލު އާއްމު ކުރާނެ ކަމަށް އެފްއޭއެމުންވަނީ ބުނެފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ގިނަ ޓީމްތަކަކުން ދުރާލާ ތައްޔާރުވަމުން އަންނަ އެއް މުބާރާތެވެ. މުބާރާތް ފުރަތަމަ ބާއްވަން ނިންމީ ނޮވެމްބަރު 20ގަ އެވެ. އެހެންނަމަވެސް، މިދިޔަ މަހުގެ ތިން ވަނަ ދުވަހު މުބާރާތް ވަނީ މި މަހަށް ފަސްކޮށްފަ އެވެ. 

މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވަމުން އަންނަ ޓީމުތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ގިނަ ދުވަސްވީ ދެ ކުލަބުކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް