ads
އައްޑޫ ސިޓީ ހިތަދޫ
މާރާމާރީތަކާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ހުކުރު ދުވަހާއި އިއްޔެ ހިންގި މާރަމާރީތަކާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން  ބުނީ މިއަދު ހައްޔަރުކުރި ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ އެ މާރަމާރީއާއި ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. 

މި ދެމީހުންގެ ތެރެެއިން 22 އަހަރުގެ މީހާ ހައްޔަރުކުރީ އިއްޔެ ހިންގި މާރަމާރީއާއި ގުޅިގެންނެެވެ.

ްއެގޮތުން 23 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ހިންގި މާރަމާރީއާއި ގުޅިގެންނެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު 2:20ހާއިރު ގޭންގަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުންނެވެ. އުމުރުން 30 އަހަރުގެ އެމީހާ އަށް މިވަގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އޭނާގެ ހާލު ސީރިއަސް އެވެ. 

މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ. އޭރު ހައްޔަރުކުރި ހަތަރު މީހުންގެ އުމުރު އުޅެނީ 18 އަހަރާއި 23 އަހަރާ ދެމެދުގަ އެވެ.

ހުކުރު ދުވަހު ހިންގި މާރާމާރީގައި އަނިޔާލިބުނު މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް