ads
ވިނަރެސް ފްލެޓުތަކެއް - ފޮޓޯ:އާބަންކޯ
ވިނަރެސް ފްލެޓުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ނިންމައިފި
ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުން 50 އިންސައްތަ ކުޑަކުރުމަށާއި ފްލެޓުގެ މަހު ކުލިން އެވްރެޖުކޮށް 4200 ރުފިޔާ ކުޑަ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ވަޒީރުންގެ މަޖިލިހުން ނިންމެވި ނިންމެވުންތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވެފައި ވަނީ ވިނަރެސް ފްލެޓުގެ ކުލި ކުޑަ ކުރުމަށް ފޯމިއުލާއެއް ހަދާފައިވާ ކަމަށެވެ. އެގޮތުން އެކި ފަރާތްތަކުން ކުލި ދައްކަމުން ދަނީ އެކިވަރަށް ކަމަށާއި ދައްކަމުންދާ އަދަދުން އެވްރެޖުކޮށް 4،200 ރުފިޔާ އުނިކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އާބަންކޯއިން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވަނީ ވިނަރެސް ފްލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީ ހުރި 123 ފުލެޓު ވިއްކަން ހުޅުވާލާފަ އެވެ. އެ ފްލެޓުތައް ވިއްކާލަން ހުޅުވާލުމުން އެއް ގަޑިއިރުގެ ތެރޭގައި ހުރިހާ ފްލެޓުތަކެއް ވިކިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް