ads
ރައީސް މުއިއްޒު: ރައީސް ވިދާޅުވީ ރަސްމީ އެއްވެސް ލިސްޓެއްގައި ނަން އޮތްނަމަ ގޯއްޗެއްވެސް އަދި ފްލެޓެއް ވެސް އަތުނުލާނެކަމަށް— ފޮޓޯ: ރައީސް އޮފީސް
ރަސްމީ ލިސްޓެއްގައި ނަން އޮތް ނަމަ ގޯތި އަދި ފްލެޓްވެސް ލިބޭނެ: ރައީސް
ރަަސްމީ ލިސްޓެއްގައި ނަން އޮތްނަމަ ގޯތި އަދި ފްލެޓެއްވެސް އަތެއް ނުލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިންވެސް އެއްވެސް މީހަކަށް ފްލެޓެއް އަދި ގޯއްޗެއްވެސް ލިބިފައިވާނަމަ އަތެއް ނުލާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. 

ރައީސް ވިދާޅުވީ ރަސްމީކޮށް އެމީހެެއްގެ ނަން އޮތް ލިސްޓެއް ގެޒެޓު ކުރެވިފައިވާނަމަ ލިޔުމެއް ނުލިބުނަަސް އަދި ރަޖިސްޓްރީއެއް ނެތް ނަމަވެސް އެމީހަކަށް ފްލެޓް ލިބޭނެކަމަށެވެ. 

"ރަސްމީކޮށް ގެޒެޓްކުރެވިފައި އޮވެއްޖެޔާ އެއޮތީ އެމީހާއަށް ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް. ރަޖިސްޓްރީ ނެހެދިވެސް ހުރެދާނެ. އެއީ އަދި އެހެންކަމެއް. އެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެޔާ ލިބޭނެ." ރައީސް ވިދާޅުވި އެވެ.

ގެޒެޓް ނުކުރެވި "ޕްރެސެސިންގް"ގައި ވާނަމަ އެއީ އަދި "އެހެންކަމެއް" ކަމަށާއި އެކަމާ ގުޅޭ މައުލޫމާތެއް އަދި އާބަންކޯގެ ފަރާތުން ލިބިފައިނުވާކަމަށް ރައީސް ވިދާޅުވި އެވެ.

ރަޖިސްޓްރީ ހަދައިދިނުމާއި ގުޅޭގޮތުން ފަހުން ބަދަލުގެނެސް ގެޒެޓްކޮށްފައިވާ ގަވައިދަކީ ގާނޫނީގޮތުން ބުރަދަން ހުރި އެއްޗެއްތޯ އެޓާނީ ޖެނެރަލްގެ ފަރާތުން ލަފާ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވަނީ އެއްވެސް މީހެއްގެ ހައްގެއް އަތުނުލާނެކަމުގެ ޔަގީންކަން ދީފައެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް