ރޭ މާޒިޔާއާ ބުރު ކުޅުނު މެޗުގައި ދެވަނަ ހާފުގެ ކުރީކޮޅު މެޗު މެދު ކަނޑާލަން ޖެހުނީ ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމް ފަނިވެ، ލައިޓްތައް ނިވިގެންނެވެ. ބައިގަޑިއެއްހާއިރަށް މެދު ކަނޑާލަން ޖެހުނު މި މެޗުން މާޒިޔާ މޮޅުވީ ހަ ލަނޑު ސުން ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
މި މމެޗުން މޮޅުވެ، މާޒިޔާ އިން ވަނީ އެއްވަނައިގައި އޮތް އީގަލްސްއާ އެއް ޕޮއިންޓަ ފަރަގު ކުޑަކޮށްފަ އެވެ. މާޒިޔާ އަށް އަދި ބާކީ ދެ މެޗު އެބައޮތެވެ. އީގަލްސް އަށް އޮތީ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އިގަލްސް އަށް 35 ޕޮއިންޓެވެ. މާޒިޔާ އަށް 34 އެވެ
އޭއެފްސީ ކަޕުގެ ފަހު މެޗުގެ ބްރޭކަށް ފަހު ދެން މާޒިޔާގެ މެޗެއް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.