ޕްރިޕެއިޑް ޕްލޭން ގެންގުޅޭ ފަރާތްތަކަށް އާޗާ ޕްރިޕެއިޑްގެ ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ތައްޔާރުކުރެވިފައިވާ ވަރަށް ފުރިހަމަ ޕެކޭޖްތަކެކެވެ. އުރީދޫގެ އާޗާ ޕްރީޕެއިޑް ޕޯޓްފޯލިއޯއަކީ ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ ގޮތަށް އަދި އެއްފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރީޕެއިޑް ޕްލޭންތަކެކެވެ.
އުރީދޫން ބުނީ އާޗާ ޕްރިޕެއިޑްގެ ޕެކްތައް މި މަހުގެ ނިޔަލަށް އެކްޓިވޭޓް ކުރާ ފަރާތްތަކަށް މިހާރު ކުރިއަށްދާ ރީޗާޖް އެންޑް ވިން ޕްރޮމޯޝަނުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގައި ޕްރިޕެއިޑް ޑޭޓާ ޕެކްސް އަދި އެޑްއޯންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފުތާއަކު ހާއްސަ ހަދިޔާއެއް ލިބޭއިރު، ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތަށް އައިފޯން 15 ޕްރޯ މެކްސްއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫން ބުނެފައި ވަނީ އާޗާ 500 ގެ ޕްލޭން މެދުވެރިކޮށް 60ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 2ޖީބީ އެންމެ 500 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އާޗާ 750 މެދުވެރިކޮށް 180ޖީބީ ޑޭޓާ މުޅި މަހަށް ބަހާލައިގެން ދުވާލަކު 6ޖީބީ ޑޭޓާ، 750 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާޗާ ޕްރީޕެއިޑް ޕްލޭންތަކުން ދުވާލަކަށް ލިބޭ ޑޭޓާއަކީ އިންޓަނެޓް މެދުވެރިކޮށް ކޮންމެ ކަމެއް ކުރުމަށްވެސް ބޭނުންކުރެވޭނެ ޑޭޓާއެކެވެ. އެގޮތުން ކިޔެވުމަށް ބޭނުންކުރާ ޕްލެޓްފޯމްތަކާއި ނެޓްފްލިކްސް، ސޯޝަލް މީޑިއާ އަދި އޭގެ އިތުރުން ގޭމް ކުޅުމަށް ޑައުންލޯޑްކުރުމަށާއި ސްޓްރީމްކުރުމަށްވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.