ads
ރައްޔިތުންގެ މަޖިލިސް ތަޅުން
މަޖިލީހުގެ ޖަލްސާތައް މި މަހު 18އަށް ދަންމާލައިފި
ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ
Advertisement

މިއަދު ޖިލީހުގައި ނެގި ވޯޓުގައި، ދައުރު ދިގު ދަންމާލަން ފާސްވީ 43 މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. 

މީގެކުރިންވެސް ބަޖެޓް މަސައްކަތް ނުނިމޭތީ މަޖިލީހުގެ މި ދައުރުވަނީ ޑިސެމްބަރު 7 ގެ ނިޔަލަށް ދަންމާލާފަ އެވެ.

ނަމަވެސް މަސައްކަތްތައް ނިމިފައިނުވާތީ ދައުރު 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް