ads
ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން - ފޮޓޯ: ސަން
ކޮރަޕްޝަނާއި ދެކޮޅު ހަދާ މީހުން ގިނަކުރަން އެކެޑެމީއެއް..!
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމަށް މިހާރު ހިންގާ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވާ ގޮތް ބަދަލުކޮށް، ކޮރަޕްޝަން ހުއްޓުވާނެ އާ ގޮތްތައް ދެނެގަތުމަށް އެކެޑެމީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

މިއެކެޑެމީ ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ފަހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ގައެވެ.

އޭސީސީން ބުނީ އެކެޑެމީ ފަށާއިރު، ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައްކަމަށެވެ. އަދި މުސްތަގުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލް އާއި ހަމައަށް ކިޔަވާދެވޭނެ ކަމަށް ވެސް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން ބުނީ އެކެޑެމީގެ މަސައްކަތް ފެށުމަށްޓަކައި ކޯސްތައް ފަރުމާކުރުމާއި އެކްރެޑިޓޭޝަންއަށް ފޮނުވުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

މި ތަނުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހޭނެހެން ތައުލީމާއި ތަމްރީނު ދިނުމާއި، އެ ދާއިރާއާއި ގުޅޭ ދިރާސާތައް އެކުލަވާލުމާއި، މުޖުތަމައުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މީހުން ބިނާކުރުމަށް އެކެޑެމީއެއް ހެދުމަށް ނިންމި އިރު، ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ރާއްޖޭގައި ކޮރަޕްޝަންގެ ކުށް ހިންގާ ގޮތްތަކާއި އާއްމުން ދެކޭ ގޮތް ބަލަން ގައުމީ ފެންވަރުގެ ދިރާސާއެއްކުރަން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިލާ ކޮލެޖާއެކު ނިމުނު އަހަރު ވަނީ ސޮއިކޮށްފަ އެވެ.

your imageކޮރަޕްޝަނާ ގުޅޭ ދިރާސާގެ އެއްބަސްވުމުގައި ވިލާ ކޮލެޖާ އެކު ސޮއިކުރަނީ. -- ފޮޓޯ | އޭސީސީ

ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ތަމްރީނުތައް ދިނުމަށް އެންޓި ކޮރަޕްޝަން އެކެޑެމީއެއް އުފެއްދުމުގެ މަސައްކަތް އޭސީސީން ކުރަމުން އަންނަ އިރު، ކޮރަޕްޝަނާ މެދު އާއްމުން ދެކޭގޮތް ބެލުމަށް 2016 ވަނަ އަހަރުގެ އޭސީސީން ވަނީ ރާއްޖޭގައި ދިރާސާއެއް ކޮށްފަ އެވެ.

ފުވައްމުލަކުގައި ކުރި ދިރާސާ ރިޕޯޓުގައިވާ ގޮތުން، ކޮރަޕްޝަން ނައްތާލަން ރާއްޖޭގައި ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މުޖުތަމައުގެ ދީނީ އަގީދާ ވަރުގަދަކުރުން ކަމަށް އެ ދިރާސާގައި ބައިވެރިވި 59 ޕަސެންޓް މީހުން ދެކެ އެވެ.

ދުނިޔޭގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބެލުމަށް ކޮންމެ އަހަރަކު އާންމު ކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރޭންކިންގެ ނިމުނު އަހަރު ރާއްޖެ ވަނީ 10 ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް