ads
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ:ރައީސް އޮފީސް
އަންނަ ހަފްތާގައި ރައީސް މުއިއްޒު އަތޮޅުތަކަށް ދަތުރުުތައް ފައްޓަވަނީ
އަންނަ ހަފްތާގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަތޮޅުތެރެއަށް ދަތުރުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވުމަށް ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އިއްޔެ ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު މަސައްކަތްކުރެއްވުމަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، މިދަތުރުފުޅުތަކުގައި ރައްޔިތުން ގާތަށް އެމަނިކުފާނާއި އެމަނިކުފާނުގެ ކެބިނެޓްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަޑައިގަންނަވާނެކަމަށެވެ.

"ރައްޔިތުން ގާތަށް އަޅުގަނޑުމެން ދާނެ، އަންނަ ހަފްތާގެ ތެރޭގައި މިދަތުރުތައް ފެށޭނެ. ކޮންމެ ރަށަކަށްވެސް ދާނަން. މާލޭގެ އެކި ދިމަދިމާލަށްވެސް އަޅުގަނޑުމެންގެ ޓީމުތައް ދާނެ." ރައީސް ވިދާޅުވި އެވެ.


ރައީސް މުއިއްޒު ވިދާޅުވީ މި ދަތުރުތަކަކީ ސަރުކާރު ހިންގުމުގެ ޒިންމާއެއް ނުވަތަ ސިލްސިލާ މަސައްކަތެއްގެ ގޮތުގައި ކުރައްވާނެ ކަމެއް ކަމަށެވެ.

އަދި ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އެމަނިކުފާނު މަސައްކަތްކުރައްވާނީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް އަޑުއައްސަވާ އަދި ރައްޔިތުންގެ ލާބައަށް ކަމަށްވަނީ ވިދާޅުވެފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތައް ވެސް އަދި ކެބިނެޓްގެ މަސައްކަތްތައް ވެސް ވަޒަން ކުރާނީ ރައްޔިތުން ކަމަށާއި، ބޭނުންފުޅު ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ އެކު ތިބިކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ރައްޔިތުން ދެއްވާނެ ކަމަށް ޔަގީންކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް