ads
އާބަންކޯގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: އާންމުންގެ ސުވާލުތައް ސީދާ އެމްޑީއަށް ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައި - ފޮޓޯ:އާބަންކޯ
އާބަންކޯގެ ހިދުމަތްތަކާ ގުޅޭ ސުވާލުތަކާއި ޝަކުވާތައް ސީދާ އެމްޑީއަށް
އާންމުންގެ ސުވާލުތައް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި އެވެ.

އާބަންކޯއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސުވާލުތަކާއި ޝަކުވާތައް މިހާރު އޮންލައިންކޮށް ސީދާ އެ ކޯޕަރޭޝަނުގެ އެމްޑީ ފަޒުލްއަށް ފޮނުވޭނެ ކަމަށެވެ. މިކަމަކީ ދެފުށް ފެންނަ ގޮތަށް އާންމުންނާ ގުޅުން ބަދަހިކޮށް ކަންކަން ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އާބަންކޯއިން ބުނެ އެވެ.

މި ހިދުމަތާ އެކު ފްލެޓުތަކާ ގުޅޭ ޝަކުވާ ހުށަހަޅުމަށްވެސް ފަސޭހަވާނެ އެވެ.

ފަޒުލް ވަނީ އަންގާރަ ދުވަހު ހުޅުމާލޭގައި ހުންނަ ވިނަރެސް ފްލެޓުތަކަށްވެސް ޒިޔާރަތްކުރައްވާ، މަސައްކަތްތައް އަވަސް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފަ އެވެ.

އިއްޔެ ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވި ގޮތުގައި ސަރުކާރާއި އާބަންކޯއިންވެސް މަސައްކަތް ކުރަމުން ދާނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމުގަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް