ads
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް: ވިދާޅުވީ ގައުމީ އިސްލާމީ ހިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަން ވާނެ ކަމަށް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ގައުމީ އިސްލާމީ ހިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަން ވާނެ: ޝަހީމް
ގައުމީ އިސްލާމީ ހިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަން ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މާދަމާ އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ކަމަށް ލިޔެފައިވާ ހަބަރަކާ އެކު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި އިލްމުވެރި ޒުވާނެއް ކަމަށެވެ.

"އަލްއުސްތާޒް މުހައްމަދު ފިރުޒުލްއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ކުއްލިއްޔަތުއްޝަރީއާ ވަލްގާނޫނުން ތައުލީމު ހާސިލުކުރައްވާފައިވާ ގުރުއާން ހިތުދަސް އިލްމުވެރި ޒުވާނެއް. ގައުމީ އިސްލާމީ ހިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަން ވާނެ،" - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓްރީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ޕަބްލިކް ޕޮލިސީގެ މަގާމު އަދާކުރައްވަމުން އަންނަ ފިރުޒުލް ކަމަށެވެ. މާދަމާގެ ހުކުރު ހުތުބާގެ މައުލޫއަކީ އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމު ކަމެވެ.

އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނީ ފިރުޒުލްކަން އިސްލާމިކް މިނިސްޓްރީން ހާމަކުރުމާ އެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

އިންތިގާލީ މަރުހަލާގައި އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މަގާމު އަދާކުރެއްވި އުމުރުން 29 އަހަރުގެ ދ. ކުޑަހުވަދޫއަށް ނިސްބަތްވާ މި ޒުވާނާ އާންމުންގެ މެދުގައި މަގުބޫލުވެފައި ވަނީ ވާހަކަ ދެއްކެވުމުގައި އޭނާ ގެންގުޅުއްވާ ފަށުވި އިބާރާތްތަކާއި ބޭނުންކުރައްވާ ސާދާ ބަސްމަގާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް