ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ ދައުރު މުހިންމު ކަމުގައި ވަނީ ވިދާޅުވެފައި - ފޮޓޯ:ރައީސް އޮފީސް
ގޮންޖެހުންތަކާ ކުރިމަތިލާ އެއް އަމާޒަކަށް ދާން ސާކްގެ ދައުރު މުހިންމު
ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސައުތް އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ދައުރު މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ "ސާކް ޗާޓަ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި ވަނީ، ސާކްއަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކް އާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކަށާއި ސާކްގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ. "ސާކް ޗާޓަ ޑޭ" ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަހައްދީ ގުޅުންތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ސާކް ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއް ލައިގެން މަސައްކަތް ކުރުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް