ads
ޗައިނާއިން ދަތުރުކުރާ ފްލައިޓުތަކާއި މަޝްރޫއުތައް އިތުރުކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ސައީދު ވިދާޅުވި - ފޮޓޯ:އިކޮނޮމިކް މިނިސްޓަރު ސައީދު
ފްލައިޓުތަކާއި މަޝްރޫއުތައް އިތުރުކުރާނެކަމުގެ ޔަގީންކަން ޗައިނާއިން ދީފި
ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކާއި އެ ގައުމުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރާނެކަމުގެ ޔަގީންކަން ޗައިނާގެ ސަރުކާރުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ހުންނަވާ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރު ފްލައިޓުތަކާއި އިންވެސްޓްމެންޓުތަކާ އަދި އިތުރު މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.

"ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެ، އުންމީދީ ދުވަސްތަކެއް، އިންޝާٱللَّٰه،" - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ އެކު، މިނިސްޓަރު ސައީދު ޗައިނާއަށް ވަޑައިގެންފައި ވަނީ އެ ގައުމުގައި މިހާރު ކުރިއަށްދާ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން' ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އިތުރުކުރާނެކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަން ސައީދު ހާމަކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްމިނިސްޓްރޭޝަނުގައި ހިންގި އުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ގައުމުގެ އެހީގަ އެވެ. އެ މަސައްކަތްތައް ހިނގަމުން ދިޔައިރު އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ އޭނާ އެވެ.

ޗައިނާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ ބުރިޖުގެ މަޝްރޫއާއި އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަރައްގީކުރި ހިޔާ ފްލެޓުތަކުގެ މަޝްރޫއު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް