ads
ޔަމަނުގެ އަސްކަރިޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނަރަލް ޔަހްޔާ ސަރީ—
އިޒްރޭލަށް ދަތުރުކުރާނަމަ ކޮންމެ ގައުމެއްގެ ބޯޓަކަސް ހަމަލާ ދޭނަން: ޔަމަން
އިޒްރޭލަށް ދަތުރުކުރާނަމަ ކޮންމެ ގައުމެއްގެ ބޯޓެއް ވިޔަސް ހަމަލާ ދޭނެކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ހޫތީން ބުނީ އިސްރާއީލުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ކޮންމެ ބޯޓަކަށް އެއީ ކޮން ގައުމެއްގެ އުޅަދެއްތޯ ނުބަލާ ހަމަލާ ދޭނެ ކަމަށެވެ.

 ރަތް ކަނޑުގައި އިސްރާއީލުގެ ވިޔަފާރި ބޯޓުތަކުގެ ޓްރާންސިޓް ހުއްޓުވުމުގެ ކެމްޕޭންގެ "ކާމިޔާބީ" ގެ ސަބަބުން މިހާރު ރަތް ކަނޑާއި ގަލްފް އޮފް އެޑެން އިން ދަތުރު ކުރާ އިޒްރޭލަށް ދަތުރުކުރާ ހުރިހާ ބޯޓަކަށް ހަމަލާ ދޭނެކަމަށް ޔަމަނުން ބުނެއެވެ.

ޔަމަނުން ވަނީ މީގެ ކުރިންވެސް އިޒްރޭލުގެ ބޯޓުތަކަށް ހަމަލާދީ ބައެއް ބޯޓުއް ހޫތީންގެ ބެލުމުގެ ދަށުން އެގައުމަށް ގެންގޮސްފަ އެވެ.

ޔަމަނުން ވަނީ އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓަނީސް އިޒްރޭލާއި، އެގައުމަށް ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދިނުން ނުހުއްޓާނެކަމަށް ބުނެފަ އެވެ.

97%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް