ads
އެތްލެޓިކްސްގެ އިވެންޓެއްގެ ތެރެއިން
އިންޓަސްކޫލް އެތްލެޓިކްސް އަންނަ އަހަރު އައްޑޫގައި
އިންޓަސްކޫލް އެތްލެޓިކްސް މުބާރާތް އަންނަ އަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެތްލެޓިކްސް މުބާރާތް އައްޑޫ ސިޓީގައި ބޭއްވުމާއި ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މިހާރުވަނީ މަޝްވަރާކޮށްފައެވެ. ކައުންސިލުން ބުނީ މީގެ ވެސް ކުރިން އައްޑޫގައި އިންޓަސްކޫލް އެތުލެޓިކްސް މީޓް ވަރަށް ފުރިހަމަކޮށް ބާއްވާފައިވާ ކަމަށާއި އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވަން ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުކަމާއި އެހީތެރި ކަމެއް ދޭނެ ކަމަށެވެ.

އަންނަ އަހަރުގެ އެތުލެޓިކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގަ އެވެ. މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 11-16 ގެ ނިޔަލަށެވެ. މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ. އެއީ ފެބްރުއަރީ މަހުގެ 5-10 އަށެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުގެ އެހީއާއެކު މިއަހަރު ވަނީ ކުޅުދުއްފުށި ސިޓީގައި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަޤާމު ހޯދީ އިބްރާހީމް ނާހިލް ނިޒާރާއި އަހުނާ ނިޒާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް