ads
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް - ފޮޓޯ:އެޑިޝަން އެމްވީ
އެންމެން ގުޅިގެން މަސްވެރިންނަށް އަވަސް ހައްލެއް ހޯދުމަށް ގާސިމް ގޮވާލައްވައިފި
ދިވެހީންގެ އެއް ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތު ދިރުވައި އާލާކޮށް، މި ސިނާާއަތަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގައުމީ ވިސްނުމެެއްގައި މަސައްކަތް ފަށާ އެކަން ތަންފީޒު ކުރުން އަވަސް ކުރުމަށް ޖޭޕީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރާއި، މަސްވެރިކަމާ ބެހޭ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންގެ އިތުރުން ގައުމުގެ އެންމެހާ ސިޔާސީ އިސް ވެރީން މިއަދު އަޒުމު ކަނޑައަޅަންވީ ދިވެހީންގެ ފުދުންތެރިކަން އިތުރުކޮށް އިގްތިސޯދު ހަރުދަނާކޮށް ދެމެހެއްްޓުމަށް ކަމުގަ އެވެ. 

"އެގޮތުން ދިވެހީންގެ އެއް ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތު ދިރުވައި އާލާކޮށް، މި ސިނާާއަތަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ގައުމީ ވިސްނުމެެއްގައި މަސައްކަތް ފަށާ އެކަން ތަންފީޒު ކުރުން އަވަސް ކުރަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ފޮނުވާފަ އެވެ. އަދި އޭނާ ވަނީ، ދިވެހިރާއްޖޭގެ ހީވާގެ މަސްވެރިންނާއި ވިސްނުންތެރި އޮޑިވެރިން މި ސިނާއަތު ދެމެހެއްްޓުމަށް ކުރަމުންދާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެއްވާފަ އެވެ.

މީގެގެއިތުރުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް الله ތައާލާ ބަރަކާތް ލައްވާ ފަހި ދުވަސްތަކެއް މިންވަރު ކުރެއްވުމަށް އެދި ގާސިމް ވަނީ ދުއާ ކުރައްވާފަ އެވެ. 

ރޭ "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް