ads
ލަމްހާ ހައިކޯޓުގައި
ލަމްހާއަށް ވަކީލަކު ހޯދަން އެއް ދުވަސް
ބިދޭސީ ނަރުހަކު މަރާލި މައްސަލައިގައި ހިމެނޭ ހަލީމަތު ލަމްހާއަށް ވަކީލަކު ހޯދުމަށް ހައިކޯޓުން އެއް ދުވަހުގެ ފުރުސަތެއް ދީފި އެވެ.

ބިދޭސީ ނަރުހަކު މަރާލި މައްސަލައިގައި ހިމެނޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އާދިއްތަ ދުވަހު ހައިކޯޓުގައި ފެށިއިރު، ލަމްހާ އައީ ވަކީލަކާ ނުލައެވެ. އަދި އެދުނީ ވަކީލަކު ހޯދުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ލަމްހާ އެދުނީ ވަކީލެއް ހޯދުމަށް ތިން ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. 

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، މި މައްސަލައަކީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މައްސަލައެއް ކަމުން، ވަކީލަކު ހޯދުމަށް އެއް ދުވަހުގެ ފުރުސަތެއް ދޭނެ ކަމަށެވެ. މި މައްސަލަ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭ ކަމަށް ވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއެކު، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ލަމްހާއަށް ދެވިފައިވާ ކަމަށް މި މައްސަލައިގައި ދައުލަތުން ބުންޏެވެ. 

އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ކުރާ ލަމްހާ ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. އޭނާ ދޫކޮށްލިއިރު، އޭނާ ބަންދުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އޭނާ ދޫކޮށްލާފައިވަނީ ތިން މަސް ދުވަހަށް ޝަރުތުތަކަކާއެކުއެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ. ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން ޝަރުތުކޮށްފައިވަނީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ކަންކަމަށެވެ.

ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދު ކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން ބުނެފައިވަނީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމަށް ޖަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް