ޕީޕީއެމް / ޕީއެންސީއަށް ބޮޑު ތާއީދެއް އޮންނަ ނިލަންދޫ ދާއިރާއަށް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ސައުދާ ކުރިމަތިލެއްވިއިރު، އެ ދާއިރާގެ ރައީސް އަހްމަދު ރަޝީދު އަދި ނިލަންދޫގެ ކުރީގެ ކައުންސިލް ރައީސް އަބްދުލްޖަލީލްވެސް ވަނީ ޕްރައިމެރީއަށް ވާދަކުރައްވަން އެދި ހުށަހަޅުއްވާފައެވެ.
ޑރ. މުއިއްޒުގެ އެއްބަނޑު ކޮއްކޮ ސައުދާއަކީ، ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅެކެވެ.
ސައުދާ ފޯމް ހުށަހަޅުއްވަން ޕީއެންސީ އޮފީހަށް ވަޑައިގެންނެވިއިރު، ސައުދާއާއެކު ހެލްތު މިނިސްޓްރީގެ ނައިބު މިނިސްޓަރަކާ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ކޮއްކޮއަކު ހުންނެވިއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ސައުދާ ކުރިމަތިލައްވާފައިވަނީ ސީދާ ސަރުކާރުގެ އެންޑޯޒްމެންޓާއެކުއެވެ.