ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ދިން އިސްތިސްނާ ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޖެނުއަރީ 1 އިން ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ދިން އިސްތިސްނާއަށް ނިމުން ގެންނަނީ
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ދީފައިވާ އިސްތިސްނާ ނިމުމަކަށް ގެނެސް، މި ފެށޭ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގާނޫނަށް އަލުން އަމަލުކުރަން ފަށާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ފޮނުއްވި ސިޓީގައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިޔާދަކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

އިސްތިސްނާ މުއްދަތު ހަމަވާއިރު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރަޓައިޒްކޮށް، ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

"2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ރާވާފައިވާ ފަދައިން އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއުރަޓައިޒްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާކަން މައުލޫމާތަށްޓަކާ ދަންނަވަން،" - ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

މިނިސްޓަރު ވަނީ ރާއްޖޭގެ އިގުތިސޯދީ ތަފާސް ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ހުރި މިންވަރަށް ފަހަނައަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހިނގަމުން މިދާ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލިހުން ފާސްކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް