ދައުލަތުގެ ޓެކްސް އިދާރާއިން އާއްމު ކުރި އިއުލާންގައިވާ ގޮތުން އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 13 ކުންފުންޏަކާއި އަމިއްލަ ފަރާތެކެވެ. ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރީ ކުރާ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.
ޓެކްސް ނުދައްކާ ކުންފުނިތައް
ޓެކްސް ނުދައްކާ އަމިއްލަ ފަރާތް
ޓެކްސް ނުދައްކާ ކުންފުނިތަކުގެ އިތުރުން ޓެކްސް ބަޔާން ހުށަަނަޅާ ކުންފުނިތަކުގެ ނަންތައްވެސް މީރާއިން ވަނީ އާއްމުކޮށްފައެވެ. ބަޔާން ހުށަނާޅާ 686 ކުންފުންޏެއް ނަން މީރާގެ ލިސްޓުގައިވެއެވެ.
ބަޔާން ހުށަނާޅާ ކުންފުނިތަކުގެ ތެރޭގައިވެސް ރާއްޖޭގައި ނަން މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނެއެވެ. އޭގެތެރޭގައި ޖައުޒާ، ސިބްކޯ، ޕޮއިޒް އެރިޔަދޫ ފަދަ ކުންފުނިތައް ހިމެނެއެވެ.