ads
ހަލީމަތު ލަމްހާ ހައިކޯޓުގައި
ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ޖެހޭ
ބިދޭސީ ނަރުހަކު މަރާލި މައްސަލައިގައި ހިމެނޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްއުނާފު އަޑު އެހުން ނިމި، ހުކުމާ ގާތްވެއްޖެއެވެ.
Advertisement

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގެ އަޑު އެހުންތައް ހައިކޯޓުން މިއަދު ނިންމާލިއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ދެ ފަރާތަށް އަމާޒު ކުރިއެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ މިދިޔަ މަހު އެވެ.

ލަމްހާ ދޫކޮށްލުމުން، ދައުލަތުން ހައިކޯޓުގައި މިއަދު ބުނީ އެ ކުށުގައި ބޮޑު މިންވަރަށް ލަމްހާ ބައިވެރިވެފައިވާކަން ފާހަގަނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެކަމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. ގިނަ އަދަދެއްގެ ހެކިން ތިބުމާއި ކޯޓުގެ އިމާރާތުގެ ދަތިކަން ހުރިގޮތުން މައްސަލަ ލަސްވާ ކަމަށް ކޯޓުން ސަބަބެއްގެ ގޮތުގައި ބުނެފައި ވިޔަސް އެއީ ބަންދުން ދޫކުރަންޖެހޭ ހާލަތެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އަދި އެގޮތަށް ދޫކުރާނަމަ އެންމެން ވެސް ބަންދުން ދޫކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޝަރުތުތަކާ އެކު ތިން މަހަށް ލަމްހާ ދޫކޮށްލަން ނިންމިއިރު، އެއީ ކޮން ގޮތަކުން ކަނޑައެޅި މުއްދަތެއް ކަން ސާފެއް ނުވެ އެވެ. މިސާލަކަށް، ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ލަމްހާގެ މައްޗަށް ޝަރުތު ކޮށްފައި ވިޔަސް، އެއީ އޭނާ ފަރާތުން އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން އެދުނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ލަމްހާގެ ވަކީލުން ވިދާޅުވީ މައްސަލަ ނުނިމި ލަސްވުމަކީ އޭގެ ޒާތުގައި ބަންދުން ދޫކުރެވޭނެ ކަމަކަށް ނުވިޔަސް، ބަންދުން ދޫކުރުމުގައި އެކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި ލަމްހާއަކީ ކުށުގެ ރެކޯޑެއް ކުރިން ނެތް މީހެއް ކަން ވަކީލުން ފާހަގަކުރި އެވެ. ވަކީލުން ވިދާޅުވީ ލަމްހާއަކީ މުޖްތަމައަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުންޏަސް، އެ ފުރުސަތު ކުޑަކުރަން ދަށު ކޯޓުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް