އަބްދުއްރަހީމް ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ
މުހައްމަދު އަތީފް
11 ޑިސެމްބަރ 2023 - 18:32:54
ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން މީގެ ކުރިން ކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲ ލ. ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި، އެކަން އިއުލާނުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.
"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހްލާސްތެރިކަމާާއެކު އެދެމެވެ،" - އަބްދުއްރަހީމް އަބްދުﷲ
50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް