ads
މާފުށީ ޖަލު---
"ވާނުވާ" ޖަހާފައި ހުރި ބިދޭސީއަކު ޖަލުގައި މަރުވެއްޖެ
ޑްރަގްސް މައްސަލައެއްގައި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު ޖަލުގައި މިއަދު މަރުވެއްޖެ އެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ މިއަދު މަރުވީ އުމުރުން 50 އަހަރުގެ ސްވިޒަލެންޑް މީހެކެވެ. އޭނާގެ ނަމަކީ ޕީޓާ ތޯމަސް ޑަސް އެވެ. މިއަދު ހަވީރު އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް މާފުށީ މެޑިކަލް ސެންޓަރުގެ ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުނެ އެވެ.

އޭނާ ބަންދުކޮށްފައި ހުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ. އެ ސާވިސްއިން ބުނި ގޮތުގައި ތޯމަސް މަރުވުމުން, އެކަން އޭނާގެ އާއިލާއަށް ވަގުތުން އެންގި ކަމުގަ އެވެ. އަދި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސް އާއި ފުލުހުންނާއި އެޗްއާރުސީއެމްގެ އިތުރުން އެންއައިސީއަށްވެސް އެކަން ވަގުތުން އެންގި ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް