ads
ފިނޭންސް މިނިސްޓްރީ: - ފޮޓޯ:ރާއްޖެއެމްވީ
ބަދަލުގެ ގޮތުގައިވާ 101.7 މިލިއަން ރުފިޔާއަކީ ދޫކޮށްފައިވާ ފައިސާއެއް ނޫން: ފިނޭންސް
ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ފިސްކަލް ރިޕޯޓްގައި ހިމަނާފައިވީ ނަމަވެސް، އެއީ ދޫކުރަން ނިންމާފައިވާ ފައިސާއެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ
 ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަރނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެެއް ކަމަށެވެ.

 މިސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން، އިންޓަނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 

އޭގެތެރޭގައި ރިޕޯޓުން ފެންނަ އަދަދަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެެއްކަމަށް ފިނޭންސް އިން ބުނެއެވެ. 

އޭގެ ތެރޭގައިި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައްވެސް ހިމެނޭކަމަށާއި އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް މޭމަންޓްވެސް ހަދާފައިވާ ކަމަށް އެވުޒާރާއިންވަނީ ވިދާޅުވެފައެވެ.

ނަމަވެސ،ް މިސަރުކާރު ހަވާލުވުމަށްފަހ،ު ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައ،ި އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަ ނައިބުގެ ލަފައާއެކު އަލުން މުރާޖާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މާލީ އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް