ads
ސްޓޭޓް މިނިސްޓަރުންނަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅުން އައްޔަނު ކުރައްވައިފި
އަނެއްކާ ވެސް ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުުންގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރު ބޭފުޅުންތަކެއް މިއަދު އައްޔަނު ކުރައްވައިފި އެެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެން ބޭފުޅުންނާއި ހަތް ފިރިހެން ބޭފުޅުންނެވެ. އެއީ:

1- ޝެރީނާ އަބްދުއްސަމަދު، ސ. މަރަދޫ، ސަނީޑޭލް (ފޮރިން މިނިސްޓްރީ)

2- ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ (ފިނޭންސް މިނިސްޓްރީ)

3- އާއިޝަތު ސަފޫރާ، ސ. ފޭދޫ، އީރާނުގެ (އެޑިއުކޭޝަން މިނިސްޓްރީ)

4- މުހައްމަދު ޒަހީން، ހއ. ކެލާ، އުފަންވެލި (ހެލްތު މިނިސްޓްރީ)

5- އާމިނަތު ޝިރުނާ، މއ. ދަޑިކޮށީއިރުމަތީގެ (ހެލްތު މިނިސްޓްރީ)

6- އަހުމަދު ނާޒިމް މުހައްމަދު، ގއ. ދެއްވަދޫ، ނާރެސް (ޓޫރިޒަމް މިނިސްޓްރީ)

7- އަބްދުﷲ ސައުދާން، މ. ޕެޓީބާރޑް (އިސްލާމިކް މިނިސްޓްރީ)

8- މަރްޔަމް އަޒުރާ އަހުމަދު، މ. ހުކުރަދިގެ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

9- އަހުމަދު އާތިފު، އއ. ފެރިދޫ، ޝަބްނަމްގެ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

10- އާއިޝަތު ޒުހުރުބާނު، ލ. ފޮނަދޫ، ހުރާ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)

11- އިބްރާހީމް މިމްރާހު، ރ. އިންނަމާދޫ، ސީތާ (ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓްރީ)

12- އަބްދުއްލަތީފު އަހުމަދު ، ދަފްތަރު. ނަންބަރު ރސ 2345 (ޔޫތު މިނިސްޓްރީ)

13- މުހައްމަދު މާހިރު، ގ. ގާކޮށި ފްލެޓް ބީ110 ( ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް)

މީގެ ތެރެއިން ބައެއް ބޭފުޅުން ވަނީ މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގައި އިސް މަގާމުތައް ފުރުއްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ޝަހީބު ވެސް މިއަދު އައްޔަން ކުރައްވައިފަ އެވެ. އޭނާ އަށް އެ މަގާމު ދެއްވީ ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.

މިވަގުތު ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި 65 ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ. ޑެޕިއުޓީ މިނިސްޓަރު ކަމުގައި 75 ބޭފުޅަކު އެބަ ތިއްބެވި އެވެ. މިނިސްޓަރު ފެންވަރުގެ 19 ބޭފުޅަކު އެބަތިއްބެވި އެވެ. ކެބިނެޓުގައި 22 ވަޒީރުން އެބަ ތިއްބެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް