ads
މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލް---ފޮޓޯ: ސަން
ސާހިލް ކޯޓުގައި ވާހަކަ ނުދައްކާ
މާލޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ޝަރީއަތުގައި ވެސް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށާއި ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުން އޭނާ އަށް އިތުރަށް ވަކީލުން ނުދޭން ނިންމައިފި އެވެ.

މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. އޭނާއާ ދެކޮޅަށް ކުރާ ދައުވާތަކުގެ އަޑު އެހުންތައް ދަނީ އާއްމުކޮށް ހުޅުވައިނުލައެވެ.

ކްރިމިނަލް ކޯޓުން ބުނިގޮތުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާހިލް ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް ދައުވާ އަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ކޯޓުން ބުންޏެވެ. ސާހިލްއަށް ދައުލަތުން މީގެ ކުރިން ދެ ފަހަރު ވަކީލުން ހަމަޖައްސައިދިން ނަމަވެސް އޭނާ ވަކީލުންނަށް އެއްވެސް އެއްބާރުލުމެއް ނުދެއެވެ. އެހެންވެ އިތުރަށް ވަކީލުން ހަމަޖައްސައި ނުދޭން މިހާރު ވަނީ ނިންމައިފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ސާހިލްގެ ފަރާތުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް