ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށެވެ.
ނަވާރަ ވަނަ މަޖިލިސް ފެށުނު އިރު، އެ މަޖިލިހުގައި ޖުމްލަ 87 މެމްބަރުން ތިއްބެވި އެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް ވަރަށް ގިނަ މެމްބަރުން ވަނީ ސަރުކާރުގެ މަގާމުތައް ފުރުއްވުމަށް އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމިޓީން ނިންމާފައި ވަނީ، މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ. މަޖިލީހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް އެވެ.
ގަވާއިދުގެ 49 ވަނަ މައްދައަށް ބަދަލު ގެންނަން ހުށަހެޅީ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ މާއްދާއަށް ޝިފާއު އިސްލާހެއް ހުށަހެޅުއްވީ މަޖިލީހުގެ މެންބަރަކު އިސްތިއުފާ ދެއްވުމުން، އިތުރު މެންބަރަކު އިންތހާބު ކުރެވެންދެން މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރުގައި އެ މެންބަރުން އުނިކުރާށެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
މި އިސްލާހު މަޖިލިސް ތަޅުމުން ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.
މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު އެ ދާއިރާތައް ނުގުނަން ވެސް އިސްލާހުގައިވެ އެވެ.
ގަވާއިދުގެ 202 އަދި 203ކަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވާ ގޮތް:
ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުންގެ ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުން މަޖިލީހަށް ގަރާރެއް ހުށަހެޅުމުން (މިހާރު ވެސް އޮންނަ ގޮތް)
ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން
ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު
އަދި، އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކޮށްފައެވެ. ކުރިން އޮންނަ ގޮތުން އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމުސީލުވާން ވެސް ޖެހެއެވެ. އެކަމަކު، އަލަށް ހުށަހެޅި އިސްލާހުން ވަނީ އެބައި އުނިކޮށްފަ އެވެ.
އާ އިސްލާހުތައް މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، 27 މެމްބަރުންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރުން ހުށަހެޅިދާނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންގޮސް އެ ދެބޭފުޅުން މަގާމުން ވަކިކުރުން ފަސޭހަ ވެގެންދާނެ އެވެ. ފަސޭހަވާ ސަބަބަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ އިދިކޮޅު އެމްޑީޕީ އަށް ވުމެވެ.
މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:
ރާއްޖޭގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހުން އަޒުލުކޮށްފައެއް ނެތެވެ. ރައީސް ޔާމީންގެ ދެ ނައިބު ރައީސުންކަމުގައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަހުމަދު އަދީބު، މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.
ރައީސާއި ނައިބު ރައީސް މަގަމުން ވަކިކުރެވޭނެ ހާލަތްތައް:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;