ads
ކަސެމީރޯ
ކަސެމީރޯއަށް ޕީއެސްޖީން ޝައުގުވެރިވޭ
މެންޗެސްޓަ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯގެ ސޮއި ހޯދަން ޕީއެސްޖީން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސައުދީ ކްލަބަކަށް ބޮޑު އަގުގައި މެންޗެސްޓާ ޔުނައިޓެޑުން ކަސެމީރޯ ވިއްކާލަން ތައްޔާރުވެއްޖެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި ވާހަކަ ދެކެވިފައިވަނިކޮށް، ޕީއެސްޖީން ކަސެމީރޯއަށް ޝައުގުވެރިވި ހަބަރާއެކު، ކަސެމީރޯ ވިއްކާލަން ޔުނައިޓެޑުން މިހާރު ތިބީ ތައްޔާރަށް ކަމަށް މައުލޫމާތު ލިބެއެވެ. 

ކަސެމީރޯ ވިއްކާލަން ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ރަސްމީކޮށް އެ ކަމުގައި ކްލަބުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ނަން ހާމަ ކުރަން ނޭދޭ އޮފިޝަލަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކަސެމީރޯ ވިއްކާލުމުގެ ޑީލުގެ ތެރެއިން އެމްބާޕޭ ހޯދުމަށް މެންޗެސްޓަ ޔުނައިޓެޑުން އަންނަނީ މަގު ފަހިކުރަން މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް