ads
ޕެޑްރޯ ހެންރިކް - ފޮޓޯ:ދަ ޓައިމްސް އޮފް އިންޑިއާ
ބްރެޒިލްގެ ލަވަކިއުންތެރިޔާ ޕެޑްރޯ ހެންރިކް ޝޯ ދެމުން ދަނިކޮށް މަރުވެއްޖެ
ބްރެޒިލްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޕެޑްރޯ ހެންރިކް، ލައިވް ޝޯއެއްގައި ޕާފޯމް ކުރަނިކޮށް ބެލުންތެރިންނާ ކެމެރާތަކުގެ ކުރިމަތީގައި، ސްޓޭޖް މައްޗަށް މަރުވެގެން ވެއްޓިއްޖެ އެވެ.

މި މަންޒަރަކީ ބެލުންތެރިން ސިއްސުވާލި ކަމެކެވެ. އަދި އޭނާ ވެއްޓިފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބޭރުގެ ހަބަރުތަކުން ބުނެއެވެ. 

މިދިޔަ ބުދަ ދުވަހު ޒުވާން ލަވަކިއުންތެރިޔާ މި ދުނިޔެ އާ ވަކިވިއިރު އޭނާގެ އުމުރުން އެންމެ 30 އަހަރު ކަމާއި އޭނާ މަރުވެގެން ވެއްޓުނުއިރު އޭނާ ޝޯ ގައި ބެލުންތެރިންނަށް ކިޔައިދެމުން ދިޔަ ހިޓް ލަވައަކީ ''ވައި ސެރް ޓައޯ ލިންޑޯ'' އެވެ. މި ޝޯއަކީ ބްރެޒިލްގެ ނޮދަން އީސްޓް ސިޓީގެ، ފެއިރާ ޑި ސެންޓަނާގެ ހޯލުގައި ބޭއްވި ޝޯއެކެވެ. މި ޝޯ ވަނީ އޮންލައިންކޮށް ބްރޯޑްކާސްޓްކޮށްފަ އެވެ.

އެހެންކަމުން ޝޯގައި ތިބި މީހުން މި މަންޒަރު ކައިރިން ފެނިފައިވެ އެވެ. ހެންރިކް ޝޯގައި ޕާފޯމް ކުރަމުން ގޮސް ސްޓޭޖުގެ ކުރިއަށް ޖެހިލާފައި ފާޑަކަށް ފަަހަތަށް ޖެހި ވެއްޓެން ދިއުމުން އެންމެންނަށްވެސް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެވަގުތު އޭނާގެ ބޭންޑްގެ މީހުންނާއި ބެލުންތެރިން ދުވެފައިގޮސް އޭނާ ވަށާލައި، ހެންރިކް ނަގައިގެން އެންމެ ކައިރި ކްލިނިކަކަށް ގެންދިޔަ އެވެ. ކްލިނިކަށް ގެންދިޔައިރުވެސް ހެންރިކް މަރުވެފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ބުނެ އެވެ.

އޭނާގެ އުމުރުން އެންމެ ތިން އަހަރުއްސުރެ ޕެޝަނެއްގެ ގޮތުގައި ލަވަކިޔަން ފަށައި، 2015 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ޕްރޮފެޝަނަލްކޮށް ހަރަކާތްތެރިވެ، ހެންރިކްގެ ލަވަތައް އޭނާގެ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެ އެވެ.

ހެންރިކް މަރުވެފައި މި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ އާ ޕްރޮޖެކްޓެއް ޔޫޓިއުބް ޗެނަލްގައި ލޯންޗްކުރަން ނިންމާފައި ވަނިކޮށެވެ. އެގޮތުން މީޑިއާގައި ހެންރިކްކޮށްފައިވާ ޕޯސްޓެއްގައި ވަނީ ''ރިއަލީ ލުކިން ފޯ ވާޑް ޓު ދިސް ރިލީޒް'' އެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް