ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން
މީހަކު ރަހީނުކުރި ބަޔަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި މާލޭން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހ ފިރިހެނުންނެވެ. އެ މީހުންގެ މައްޗަށް، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާ، ބިރު ދެއްކުމާ، ފޭރުމާ، ވައްކަމުގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ތުހުމަތު ފުލުހުން ކުރެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ކޯޓަށް ހާޒިރުކޮށް ބަންދު މުއްދަތު ޖަހާފައިވާއިރު، އޭގެ ތެރެއިން އެކަކު 15 ދުވަހު އަދި އަނެއް ދެ މީހުންކުރެ ކޮންމެ މީހަކު ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. އަނެއް ދެ މީހުންނަކީ 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައަކާ ގުޅުންހުރި ކޭސްއަކާ ގުޅުންހުރި ބައެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް