ads
ނޭމާ ސަންޓޯސްއަށް ކުޅުނު ދުވަސްވަރު
ނޭމާ އެނބުރި ސަންޓޯސްއަށް ދާން ބޭނުންވޭ
ނޭމާގެ ޕްރޮފެޝަނަލް ކެރިއަރު ފެށި، ބްރެޒިލްގެ ސަންޓޯސްއަށް އަލުން އެނބުރި ދާން ބޭނުންވާ ކަމަށް އެ ކްލަބުގެ ރައީސްއާއެކު ކުރެވުނު މަޝްވަރާއެއްގައި ނޭމާ ބުނެފިއެވެ.

ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ، ސަންޓޯސްވަނީ ފުރަތަމަ ފަހަރަށް ރެލިގޭޓްވެފައެވެ. ބްރެޒިލްގެ އަދި ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް، ބްރެޒިލްގެ ޕެލޭވެސް ކުޅުނު ސަންޓޯސްއަށް އަލުން އެނބުރި ދާން ބޭނުންކަމަށް ނޭމާ ބުނީ، އެ ކްލަބު ރެލިގޭޓް ވެފައިވާތީ އެކަމާ ގުޅިގެން ކްލަބުގެ ރައީސްއާއެކު ފޯނުން ދެކެވުނު ވާހަކައެއްގައެވެ.

ސަންޓޯސް ރެލިގޭޓްވުމުން، އެ ކްލަބު އަލުން އެނބުރި ޓޮޕް ޑިވިޝަނަށް އަންނަންދެން، ޕެލޭ އެ ކްލަބުގައި ބޭނުންކުރި 10 ނަންބަރު ޖޯޒީ ބޭނުން ނުކުރަން އެ ކްލަބުން ނިންމާފައިވާއިރު، ކްލަބުގެ ރައީސްއާ ނޭމާ ދެއްކި ވާހަކައިގައި، ނޭމާ ބޭނުންކުރި ނަންބަރު 11 ޖޯޒީވެސް އޭނާ އަލުން އެނބުރި ކްލަބަށް ދަންދެން އެހެން ކުޅުންތެރިއަކަށް ނުދީ ބޭންދުމަށް ނޭމާ އެދުނެވެ.

އުމުރުން މިހާރު 31 އަހަރުގެ ނޭމާ އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ސަންޓޯސްއިން 2009 ވަނަ އަހަރުއެވެ. 2009 ވަނަ އަހަރު ސަންޓޯސްއިން ނޭމާ ބަދަލުވީ ސްޕެއިންގެ ބަސެލޯނާއަށެވެ. ބާސާއިން ދެން ނޭމާ ދިޔައީ ފްރާންސްގެ ޕީއެސްޖީއަށެވެ. އަދި އޭގެ ފަހުން އޭނާ ބަދަލުވީ ސައުދީއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް