ads
ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުން—
މިނިސްޓަރުންނަށް ރުހުން ދިނުން މާދަމާއަށް އެޖެންޑާކޮށްފި
ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ނޮވްމެބަރު މަހު 17 ވަނަ ދުވަހު ރައީސް ހުވާކުރެއްވި ފަހުން މިހާރު އެއް މަސްވެފައިވާއިރު، އެމްޑީޕީ މެމްބަރުން އަންނަނީ ބައެއް ވަޒީރުންނަށް ރުހުންދޭން ދެކޮޅު ހަދާނެކަމަށް ބުނަމުންނެވެ.

ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކޮށް ގިނަ ދުވަސްތަކެއްވެފަައިވާއިރު، މި މައްސަލަ އެޖެންޑާކޮށްފައި މިވަނީ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމިދިޔަ މަހުގެ ނިޔަލަށް ހަމަވި ނަމަވެސް، މި މަހުގެ 18 ވަނަ ދުވަހަށް މި ދައުރު ވަނީ އިތުރުކޮށްފަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ ބައެއް ބޭފުޅުންނާ ގުޅޭގޮތުން މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ރުހުން ނުދޭން ގޮވާލައްވާފައި ވީނަމަވެސް، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ރަސްމީކޮށް އެކަމުގައި އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް