ads
ޓެކްސް ނުދައްކައިގެން މިނިސްޓަރު ހަލީލްގެ ބައްޕައަށް ހުކުމެއް
ދައުލަތަށް ދައްކަން ޖެހޭ ޓެކުހެއް ނުދައްކައިގެން، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ބައްޕަ، މޫސާ އަހްމަދުގެ މައްޗަށް ހުކުމެއް ކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއުއަށް ދައްކަން ޖެހޭ، 67،924 ރުފިޔާގެ މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ޑރ. އަބްދުﷲ ހަލީލް ހުންނެވިއިރު، އޭނާގެ ބައްޕަ ވިއްކާލި ދޯންޏަކާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ޓެކުހެއް ނުދައްކާ އޮތް މައްސަލައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، "ބަގީޗާ ދުވެލި" ކިޔާ ދޯނި، ހަލީލްގެ ބައްޕަވަނީ މީރާގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތަކަށް ވިއްކާލާފައެވެ. އެ މުއާމަލާތާ ގުޅިގެން މީރާއަށް ދައްކަން ޖެހޭ 67،924 ރުފިޔާ ދައްކަން މީރާއިން އެންގި ނަމަވެސް އެ ފައިސާ ދެއްކުމަށް ހަލީލްގެ ބައްޕަވަނީ އިންކާރުކޮށްފައެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރިޕޯޓުން އެނގޭ ގޮތުގައި "ބަގީޗާ ދުވެލި" ދޯނި ވިއްކާލާފައިވަނީ 1.2 މިލިއަން ރުފިޔާއަށް، އަރިއަތޮޅު މީހަކަށެވެ.

މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރު ހިންގި މި މުއާމަލާތާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ މި ފައިސާ މީރާއަށް ނުދައްކައި، ހަލީލްގެ ބައްޕަގެ ފަރާތުން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުއެވެ. 

ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ މައްސަލަ ބެލުމަށް ފަހު، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާފައިވަނީ، ހަލީލްގެ ބައްޕަގެ ފަރާތުން އެ ފައިސާ ދެއްކުމަށް މީރާއިން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އޭގެ މާނައަކީ ހަލީލްގެ ބައްޕަގެ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހުމެވެ. އެހެންނަމަވެސް ހަލީލްގެ ބައްޕަ މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް