ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީއެއް ހުޅުވުމަށް ގިބްސް އާއެކު ސޮއިކޮށްފި
އާމިނަތު ޝަފާ
19 ޑިސެމްބަރ 2023 - 16:33:46
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަބްލިކް ލައިބްރާރީއެއް ތަރައްގީކޮށް އެ ރަށުގައި ހުޅުވުމަށް ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ލައިބްރަރީ ތަރައްގީކޮށް 129 ދުވަހުގެ ތެރޭގައި ހުޅުމަށް މި އެއްބަސްވުމުގައި ވެއެވެ. އަދި މި މަސައްކަތަށް 1888380 ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ އެއްބަސްވުމުގައި ވާނޭ ކަމަށް އެ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:
- ލައިބްރަރީ ތަރައްގީ ކުރާ ސަރަހައްދުގައި ސީލިން ކުރުމާއި އޭސީ ހަރުކުރުން
- ލައިޓިން އަދި ކަރަންޓު ނެޓްވޯކް އެޅުން
- ލައިބްރަރީ ތަރައްގީ ކުރާ ސަރަހައްދުގެ ތަޅުން އުސްކޮށް، އަލުން ތަޅުން އެޅުން
- ވިނައިލް އެޅުން
- ލައިބްރަރީ އަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމް ހޯދުން
- ލައިބްރަރީގެ ފޮތް ހަރުތަކާއި އިންޓީރިއާ މަސައްކަތްތަށް ކުރުން
- ލައިބްރަރީ އަދި މީޓިން ރޫމްތަކަށް ބޭނުންވާ ފަރުނީޗަރުތަށް ހޯދުން
- ތިން މިނީ މީޓިން ރޫމް އަދި ސްޓަޑީ ރޫމް ތަރައްގީ ކުރުން
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޑިޖިޓަލް ކިއޮސްކް ގާއިމް ކުރުން
- އިމާރާތުގެ ދޮރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން
- އިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުން
- ތަނުގެ ނަން ބޯޑާއި އެކްސެސް ރޭމްޕް ހެދުން
- އިމާރާތުގެ ފުރާޅުފެން ހިންދުމަށް ޑްރެއިން ޕިޓް ހެދުން ހިމެނޭ
މި މަޝްރޫއުގެ ދަށުން ގައުމީ ތަރިކައާ ގުޅޭ ދިރާސާތައް ކުރުމާއި، ފޮތާއި އެކިއެކި އިލްމީ އުފެއްދުންތައް ޝާއިއު ކުރުމާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިބްރަރީތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތައް ކުރެވިގެންދާނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް