ads
އައިޖީއެމް ހޮސްޕިޓަލް
ރަސްދޫގައި ފިހުނު ފިރިމިހާ އަދިވެސް ހާލު ސީރިއަސް
ރަސްދޫއި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ހާލު އަދިވެސް ސީރުއަސްކަމަށާއި އަދިވެސް އޮތީ އައިސީޔުގައިކަމަށް އައިޖީއެމްޗުން ބުނެފިއެވެ.
Advertisement

މިދިޔަ މަހުގެ 24 ވަނަދުވަހުގެ ރޭ 10:30 ކަންހާއިރު ހިނގި ހާދިސާގައި ފިހުނީ އުމުރުން 31 އަހަރުގެ ދެމަފިރިއެކެވެ. ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.

މީގެތެރެއިން އަންހެން މިހާއަށް ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ވަނީ ނިޔާވެފައެވެ. 

އައިޖީއެމްއެޗުން ބުނީ ފިރިހެން މީހާއަށް އަށް އަދިވެސް ފަރުވާދެމުން އަންނަނީ  އައިސީޔޫގައިކަމަށެވެ. އަދި އޭނާ އޮތީ އޮކްސިޖަން ގުޅާފައި ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ. 

ޑޮކްޓަރުންނާއި ހަވާލާދީ އެ އާއިލާއިން އޭރު ބުނީ އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ވަނީ ފިހިފައިވާކަމަށެވެ.

މި ދެ މަފިރިންނަށް ފަރުވާ ދިނުމަށް، ރާއްޖޭން ބޭރުން ދެ ޑޮކްޓަރުންގެ ޓީމެއް ވަނީ އައިސްފައެވެ. އެ ދެ ޑޮކްޓަރުންނަކީ ފިހިފައި ތިބޭމީހުނަށް ހާއްސަކޮށް ފަރުވާ ދޭ 'ބާން ސްޕެޝަލިސްޓުން' ނެވެ. 

ރަސްދޫގައި ހިނގި  މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރު އެހެން އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް