ads
ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ މިއަދު އާއްމުކުރަނީ
ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ މިއަދު އާއްމުކުރަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު އެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރާނެ އެވެ. 

ރައީސް އޮފީހުން ބުނީ "ކަނޑުގެ ބައެއް ގެއްލިފައިވާ މައްސަލަ ރިވިއު ކުރުމަށް ދިވެހި ސަރުކާރުން ގެންދާ މަސައްކަތާ ގުޅޭ ބަޔާނެއް" މިއަދު ހާމަ ކުރާނެ ކަމަށެވެ.

ކުރީ ސަރުކާރުން ފޮނުވި ސިޓީ މިއަދު އާއްމު ކުރާނެ ކަމަށް ހަބަރު ފެތުރިފައިވާއިރު، އެ ސިޓީ މީގެ ކުރިންވަނީ ލީކުވެފައެވެ. 

އޯގަސްޓު 22، 2022 ގައި ކުރީގެ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތަށް ފޮނުއްވި ސިޓީގައި، ރާއްޖޭގެ މަސްލަހަތާ ގުޅޭ ސިއްރު ބައެއް ކަންކަން ހުރި ކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އަދި އިދިކޮޅުން ގޮވާލަމުންދިޔައީ ސިޓީ އާންމު ކުރުމަށެވެ.

ނަމަވެސް ސަރުކާރުން ބުނީ އެ ސިޓީގައި ގައުމީ ސަލާމަތާ ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް އެއް ވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ އެފަދަ ސިޓީތަކުގެ ސިއްރު ހިފަހައްޓަންޖެހޭނީ އެ ސިޓީ އާންމު ކުރެވެން ނެތް ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް